ޚަބަރު

އަލަށް ދޫކުރާ ގޯތިތަކާ ގުޅޭ މަގުތަކަށް އަރާރުއްތައް ނަގާ ބިން ސާފުކޮށްދޭނެ ފަރާތްތަކުން ޕްރޮޕޯޝަލް ހުށަހެޅުމަށް ހުޅުވާލައިފި

ވައިކަރަދޫއިން 2012 ވަނަ އަހަރު ދޫކުރެވުނު ގޯތިތަކާ ގުޅިފައިވާ މަގުތައް ސާފުކޮށް ނުކަނޑާހުރި ރުއްތަކާއި 2024 ވަނަ އަހަރު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ މަގުތަކަށް އަރާރުއްތައް ނަގާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ. މި އިޢުލާންގައި ވާގޮތުން މިކަމަށް ޝައުގުވެރިވާ  މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ބީލަން ފޯމް ފުރިހަމަކުރައްވާ 09 ޖޫން 2024 ވާ އާދިއްތަދުވަހުގެ ހެނދުނު 11:00 ގެ ކުރިން ކައުންސިލް އިދާރާއަށް ހާޒިރުވެ ނުވަތަ ކައުންސިލްގެ އީމެއިލް އެޑްރެސް projects@vaikaradhoo.gov.mv  އަށް ބީލަން ހުށަހެޅުން އެދިފައިވެއެވެ. މިއީ މަގުތަކަށް އަރާރުއްތައް ކަނޑާ ނައްތާލުމުން ތިމާވެށީގެ ގޮތުން ލިބޭ ގެއްލުން ކުޑަކުރުމަށް ރާއްޖޭގެ އެހެން ހިސާބެއް ފެހިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި އެފަދަ ރުއްތައް ބޭނުންވާ ފަރާތްތަކަށް ރުއްރުކުގެ ބަދަލު ދިނުމަށް އަގެއްލިބޭގޮތަށް ބިންސާފުކުރުމަށް ހުޅުވާލެވިފަވާ ފުރުސަތެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *