ހދ. އަތޮޅު މަދަރުސާ

28 ޖަނަވަރީ 1983 ގައި ހދ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ އަލްފާޟިލް ޢަލީ ކަލޭފާނު ބިންގާއަޅުއްވައިދެއްވި ހދ. އަތޮޅު މަދަރުސާ ހުޅުވުނީ 6 މާރިޗު 1984 ގައެވެ. ވައިކަރަދޫއާއި ހދ. އަތޮޅުގެ ތަޢުލީމީ ޙަޔާތަށް އިންގިލާބެއް ގެނުވި މި މަދަރުސާ ރަސްމީކޮށް ހުޅުއްވައިދެއްވީ އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިން އެވެ.

ފުރަތަމަ އަހަރު ގްރޭޑް 1 ގެ އެއް ކްލާހާއި ޚާއްޞަ ކްލާސްތަކަކާއެކު ތަޢުލީމުދޭން ފެށި މި މަދަރުސާގައި 1999 ވަނަ އަހަރު ވަނީ ސާނަވީ ތަޢުލީމުދޭން ފަށާފައެވެ. އެގޮތުން އެ މަދަރުސާގެ ދަރިވަރުން 2001 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޖީސީއީ އޯލެވެލް އިމްތިޙާނުގައި ބައިވެރިވިއެވެ. ފުރަތަމަ އޯލެވެލް އިމްތިޙާނުގައި ކޮމާސް ސްޓްރީމުން އެކަނި ބައިވެރިވި ނަމަވެސް 2004 ވަނަ އަހަރު ސައިސްންސް ސްޓްރީމް އުފައްދައި 2 ސްޓްރީމަށް ސާނަވީ ތަޢުލީމު ފުޅާކުރިއެވެ.

ޕްރީސްކޫލް ކްލާސްތަކާއި ޕްރައިމަރީ އަދި ސާނަވީ ތަޢުލީމު ފޯރުކޮށްދެމުންދާ މި މަދަރުސާގައި 200 އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާޞިލުކުރަމުންދެއެވެ.