މެމްބަރުންގެ މަސްއޫލިއްޔަތު

ވައިކަރަދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ ރައީސް  ޢަބްދުﷲ ޒާމިރުގެ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް

  1. ޤާނޫނާއި ކައުންސިލް ހިންގާ ޤަވާޢިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތުތައް އުފުލައި ހިންގުން.
  2. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އުފުލުން.

(ހ) ކައުންސިލްގެ ޖަލްސާތައް ބޭއްވުމާއި އެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން.

(ށ) ކައުންސިލްގެ މަޤްޞަދާ އެއްގޮތަށް ކައުންސިލް ޙަރަކާތްތެރިކުރުވާ ހިންގުން.

(ނ) ކައުންސިލުން ނިންމާނިންމުންތައް ކައުންސިލްގެ އިދާރާ މެދުވެރިކޮށް ޝާއިޢުކުރުމާއި ތަންފީޛުކުރުން.

(ރ) ކައުންސިލްގެ ރިޕޯޓްތައް ތައްޔާރުކުރުވުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ޤަވާއިދުން ފޮނުވާތޯ ބެލުން.

(ބ) ސަރުކާރުގެ އިދާރާތަކާއި އެކިއެކި ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި ކައުންސިލާ ދެމެދު އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް މަސައްކަތްކުރުން.

(ޅ) ކައުންސިލުން ނިންމާނިންމުންތަކާ އެއްގޮތަށް ކައުންސިލަށް ލިބޭފައިސާގެ އެންމެހައި ކަންތައްތައް ކައުންސިލްގެ އިދާރާއިން ހިންގާތޯ ބެލުން.

(ކ) ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާއާއި ކައުންސިލްގެ ޚަރަދުތަކުގެ ރެކޯޑްތައް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.

(އ) އަތޮޅު ކައުންސިލުންނާއި ރަށު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

  1. މެމްބަރުންގެ ދައުރާއި ޒިންމާ އަދާކުރައްވާތޯ މޮނިޓަރކުރުން
  2. ރަށު ކައުންސިލްގެ ބާރުގެ ދާއިރާގައި ހިމެނޭކަންކަމާ ގުޅޭގޮތުންނާއި އެކިއެކި ޤާނޫންތަކުގެ ދަށުން ރަށު ކައުންސިލާ ޙަވާލުކޮށްފައިވާ ކަންކަމާއި ގުޅޭގޮތުންނާއި ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކައުންސިލްމެދުވެރިކޮށް ދޫކުރަން ކަނޑައަޅާ  ހުއްދަތައް ދޫކުރުމާއި، އެފަދަ ހުއްދަތައް ބާތިލް ކުރުމާއި، ރަޖިސްޓްރީ ހަދާއި ދިނުމާއި ބާތިލުކުރުމުގެ ކަންކަން ކުރުން
  3. ޝަރުޢީ ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޛުކުރުމުގައި ޝަރުޢީ ކޯޓުތަކަށާއި ސަރުކާރުގެ އިދާރާތަކަށް އެހީތެރިވެދިނުން
  4. ރަށުގެ އިގްތިސާދީ ތަރައްޤީގެ ޕްލޭން އެކުލަވާލުން
  5. އެކަށީގެންވާ ރައްކާތެރިގޮތުގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނެ ގޮތެއްގެ މަތިން ރަށުފެންވަރުގައި ކުނިނައްތާލުމުގެ އިންތިޒާމް ހަމަޖައްސާ ބެލެހެއްޓުން
  6. އަލަށް އުފަންވާކުދިންނާއި މަރުވާމީހުންގެ ރެކޯޑް ބެލެހެއްޓުމާއި ރަށުގެ ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެރަށެއްގެ ރަޖިސްޓްރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން
  7. ރަށުގައި ކުޅިވަރުގެ ރޫޙު ޢާލާކޮށް އެކުވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި ކުޅިވަރު ހަރަކާތްތައް މޮނިޓަރކޮށް ވިލަރެސްކުރުމާއި ކުޅިވަރުކުޅޭ ބިންތަކާއި މަރުކަޒުތައް ބަލަހައްޓާ ތަރައްޤީކުރުން

ވައިކަރަދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ ކައުންސިލުގެ ނާއިބު ރައީސް މުޙައްމަދު ނުހާމުގެ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް

  1. ޤާނޫނާއި ކައުންސިލް ހިންގާ ޤަވާޢިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކައުންސިލްގެ ނައިބު ރައީސްގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތުތައް އުފުލައި ހިންގުން.
  2. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އުފުލުން.

(ހ) ކައުންސިލްގެ މަސައްކަތާ ބެހޭގޮތުން ކައުންސިލްގެ ރައީސަށް އެހީތެރިވެދިނުން.

(ށ) ކައުންސިލްގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ޙާލަތެއްގައި، ނުވަތަ ޢުޛުރުވެރިވެއްޖެ ޙާލަތެއްގައި، ނުވަތަ އެމަޤާމު ހުސްވެއްޖެ ޙާލަތެއްގައި، އޭނާގެ  މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކައުންސިލްގެ ނައިބުރައީސެވެ. މީގެ އިތުރުން، ކައުންސިލްގެ ރައީސް ކައުންސިލްގެ ނައިބުރައީސާ ޙަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ.

(ނ) ރަށު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

  1. ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އަދި ރަށުގެ ލޭންޑްޔޫސް ޕްލޭނާ ތަޢާރުޛުނުވާ ގޮތުގެމަތިން، ރަށުން ބިންދޫކުރުމާއި ބިމާއި ޢިމާރާތް ރަޖިސްޓްރީކުރުމާއި ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ޤަވައިދުތަކުގައި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހާ ޤަވައިދުތަކާ އެއްގޮތްވާގޮތުގެ މަތީން ރަށުގައި ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި އެކިއެކި ފަރާތްފަރާތުން ރަށުގެ ބިމާގުޅޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުޢާމަލާތްތަކުގެ ރެކޯޑްތައް ބެލެހެއްޓުމާއި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިނޫންވެސް ޤާނޫނުގައި ވާގޮތުގެ މަތިން ކަންކަން ރާވާހިންގުން
  2. ރަށުގެ ބިންބިމުގެ ދަފްތަރު އެކުލަވައި އެދަފްތަރު ބެލެހެއްޓުމާއި ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައި ބެލެހެއްޓުމުގައި ޢިދާރާއަށް ބޭނުންވާނޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެހީތެރިވެދިނުން
  3. އާއްމު ފެންތާގީތަކާއި ގޭގޭގެ ފެންތާގީތަކުގެ ކަންތައްތައް ބެލެހެއްޓުން
  4. ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ކަރަންޓާއި، ފެނާއި، ފާހާނާއާއި ނަރުދަމާގެ ނިޒާމުފަދަ ޢާއްމު ޚިދުމަތް ރަށުގައި ދެމުންދާގޮތް މޮނީޓަރކޮށް ބެލެހެއްޓުން
  5. ރަށުގެ މަގުބައްތިތައް މަރާމާތުކުރުމާއި ބެލެހެއްޓުމުގެ އެންމެހާ ކަންކަން ރާވާ ހިންގުން
  6. ރަށުގެ މަގު ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން.
  7. މަގުމަތީ މީހުން ހިނގާ އުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗިއްސާއި، އިންޖީނުނުލާ އެއްޗެތި ދުއްވުމުގެ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން އިންތިޒާމުކޮށް ބެލެހެއްޓުމާއި، ޢާއްމުންގެ އަތުން ފީނަގައިގެން، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަދުފަހަރުން ދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާމިންގަނޑުތަކާ އެއްގޮތަވާ ގޮތުގެ މަތިން އިންތިޒާމުކޮށް ބެލެހެއްޓުން
  8. މަސްވެރިކަން ކުރިއެރުވުމާއި ބެހޭގޮތުން ރަށު ފެންވަރުގައި ކަންކަން ރާވާ ހިންގުން
  9. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ރަށްގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި ރަށުގެ އެއްގަމު ތޮއްޓާއި ކަނޑު ތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުމުގެ އެންމެހާ ކަންކަން ރާވާ ހިންގުން
  10. ރަށުގެ ބަނދަރާއި ފާލަމާއި ފެރީ ޓާރމިނަލްގެ ކަންކަން ހިނގާނުހިނގާގޮތް ބެލުމާއި އަދި ފެރީގެ ދަތުރުތަކާއި ގުޅޭގޮތުން ފޯކަލްޕޮއިންޓެއްގެ ގޮތުގައި ހަރަކާތްތެރިވުން

ވައިކަރަދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ ކައުންސިލް މެންބަރު ޢަބްދުﷲ ޝަރީފްގެ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް

  1. ރަށުގައި ހިންގާ ވިޔަފާރިތައް ހިނގަމުންދަނީ ޤާނޫނާއި ގަވައިދުތަކާއި އެއްގޮތްވާގޮތުގެ މަތިންތޯ ބަލާމޮނިޓަރކުރުން
  2. ދަނޑުވެރިކަން ކުރިއެރުވުމާއި ބެހޭގޮތުން ރަށު ފެންވަރުގައި ކަންކަން ރާވާ ހިންގުމާއި ދަނޑުވެރިކަމަށް ދޫކުރެވޭ ބިންބިމުގެ އެންމެހާ ކަންތައްތައް މޮނިޓަރކޮށް ވިލަރެސްކުރުން
  3. ރަށުގެ ރައްޔިތުންނަށް ދެމުންގެންދާ ފެރީގެ ޚިދުމަތްދޭ ފަރާތްތަކުން އެކަން ކުރަނީ ސަރުކާރުން ކަނޑައަޅުއްވާ ފައިވާ ހަމަތަކާއި އުޞޫލުތަކާއި އެއްގޮތަށްތޯ ބަލާ މޮނިޓަރކޮށް އެފަރާތްތައް ޒިންމާދާރުކުރުވުން
  4. ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ޕްރައިމަރީ ހެލްތް ކެއަރ އާއި ޞިއްޙީ ރައްކާތެރިކަމާއި ގުޅޭ އަސާސީ ޚިދުމަތްތައް އިންތިޒާމުކޮށް ބެލެހެއްޓުން
  5. ޕެސްޓް ކޮންޓްރޯލްކުރުމަށް ކަމާބެހޭފަރާތްތަކާއި ގުޅިގެން ރާވާ ހިންގުން

ވައިކަރަދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ ކައުންސިލް މެންބަރު އާމިނަތު ޒީނިޔާގެ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް

  1. ޒުވާނުންގެ ހުސްވަގުތު ބޭނުންތެރިގޮތުގައި ހޭދަކުރުމަށާއި، ޒުވާނުން އެކި ދާއިރާތަކަށް ހޭލުންތެރިކުރުވުމަށާއި، ޒުވާނުންގެ ހުންނަ ތަފާތު ހުނަރާއި ކުޅަދާނަކަން ދެއްކޭނެ ފުރުސަތުތަކާއި، ޒުވާނުންގެ ގާބިލުކަން ހާސިލްކުރަން ބޭނުންވާނެ ކަންތައްތައް ފަހިކޮށްދިނުމަށް މަދަނީ ޖަމިއްޔާތަކާއި ގުޅިގެން ތަފާތު ހަރަކާތްތައް ހިންގުން
  2. ޒުވާނުންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ހުރި މަގުތައްބެލުމާއި ފަހި ކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  3. މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުން
  4. ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައާއި ޙާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުން
  5. ރަށުގެ ތަޢުލީމީ ޙާލަތު ހުރިނެތްގޮތްބަލާ ތަޢުލީމުދޭ މުއައްސަސާތަކަށް ދިމާވާ ދަތިތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހައްލުކުރުމަށް މަސައްކަތްކުރުން
  6. ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތަވާގޮތުގެ މަތިން ޕްރީސުކޫލުގެ ތަޢުލީމު ރަށުގައި ކުރިއަރުވާ އެކަންބެލެހެއްޓުމާއި ދެވަނަ ފުރުސަތަކަށް ތަޢުލީމުގެ ކަންކަން ރާވާ ބެލެހެއްޓުން، އަދި މީގެ އިތުރުން ރަށު ސުކޫލުގެ ތަޢުލީމު ރަނގަޅުކުރުމަށް ސުކޫލާއި ގުޅިގެން ކުރަންޖެހޭ ކަންކަން ރާވާ ހިންގުން އަދި ބޮޑެތި މީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރުމަތި ކުރުމުގެ ޕްރޮގުރާމްތައް ހިންގުން
  7. ދިވެހިރާއްޖޭގެ ޤާނޫނައި އެއްގޮތްވާ ގޮތުގެ މަތިން ޢިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތް ދޭނެ މަރުކަޒު ގާއިމުކުރުމަށް މަސަތްކަތްކުރުމާއި ގޭތެރޭގައި ހިނގާ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި އެފަދަ އަމަލުތަކާއި ގުޅިގެން އަނިޔާލިބޭ ފަރާތް ތަކަށް ޚިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމާއި މުސްކުޅިންނަށާއި ޙާއްސައެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ އެފަދަމީހުން ބެލެހެއްޓޭނެ ނިޒާމެއް ރާވާ ހިންގުން

ވައިކަރަދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ ކައުންސިލް މެންބަރ ޢާއިޝަތު ޙަނީފާގެ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް

  1. ރަށުގެ ލައިބްރަރީ ހިންގުމާއި ރަށުގެ ރަސްމީ ލިޔުންތައް އަރުޝީފްކުރުމާއި ރަށުގެ ތާރީޚީ އަދި ޤަދީމީ ލިޔެކިޔުންތައް ރައްކާތެރިކުރުމާއި ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި ލައިބްރަރީން އެކިއެކި މަޢުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖައްސާ ބެލެހެއްޓުން
  2. އާސާރީ ތަންތަން ބެލެހެއްޓުމާއި ޘަޤާފީ ކަންކަން ދިރުވައި ދެމެހެއްޓުން
  3. މިސްކިތްތައް ބެލެހެއްޓުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ މުއައްސަސާތަކާއި މަޝްވަރާ ކުރުމާއި އެފަދަ ހަރަކާތްތައް ހިންގާ ވިލަރެސްކުރުން
  4. ޤަބުރުސްތާން ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންތައް ކުރެވޭނެ ނިޒާމް ޤާއިމުކޮށްދިނުމާއި، ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން
  5. ދީނީ ގޮތުންނާއި ޤައުމީގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކޮށް، ދީނީ އަދި ޤައުމީ އިޙްތިފާލުތައް ބޭއްވުން.
  6. ރަށުގެ އިންސާނީ ވަސީލަތްތައް ދެނެގަނެ ތަރައްޤީކުރުމަށް މަސައްކަތް ކުރުން