މަގުބޫލްޚަބަރު

1445 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ ކުޅިވަރު ހަރަކާތްތަކަށް ޕްރޮޕޯޝަލް ހުށަހެޅުމަށް ހުޅުވާލައިފި

 

1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމުގެ ގޮތުން ރަށުގައި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދަން ޝައުޤުވެރިވާ ކްލަބް ޖަމިއްޔާއެއް ހޯދުމަށް އިޢުލާންކޮށްފިއެވެ. މި އިޢުލާންގައި ވާގޮތުން މިކަމަށް ޝައުގުވެރިވާ ކުލަބް ޖަމްޢިއްޔާތަކުން އެކަމަށް އެދި  03ޖޫން 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހެޅުމަށް ކައުންންސިލް ޢިދާރާގައި ރަޖިސްޓްރީވުމަށް އެދިފައިވެއެވެ. އަދި މިކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 06 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި އިދާރާގެ މީޓިން ރޫމްގައެވެ. މިއީ ވައިކަރަދޫގައި ޢީދުގެ ހަރަކާތްތައް ފޯރިއާއެކު ކުރިއަށް ގެންދިއުމަށާއި ކުލަބް ޖަމްޢިއްޔާ ތަކަށް މިފަދަ ހަރަކާތްތައް ރާވާހިންގުމަށް ފުރުސަތު ފަހިކޮށްދިނުމަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ. ފާއިތުވި އަހަރު ދެ ޢީދުގެ ކުޅިވަރުތައް އިންތިޒާމްކޮށް ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލުންނެވެ.

ކައުންސިލަރ ޢާއިޝަތު ޢަލީ ވިދާޅުވި ގޮތުގައި ކުލަބް ޖަމިއްޔާތަކަށް މިފުރުސަތު ހުޅުވާލުމުގެ މައިގަނޑު ބޭނުމަކީ ޒުވާނުންނަށް ލީޑަރޝިޕް ނަގައިގެން ކަންކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *