ޚަބަރު

ކާނާގެ ޔަގީންކަން ލިބިފައިވާ ރަށަކަށް ވައިކަރަދޫ ހެދުމަށް މޭވާ އަޅާގަސް ބެހުމުގެ ޕްރޮގްރާމް

ވައިކަރަދޫ އަކީ ކާނާގެ ޔަގީންކަން ލިބިފައިވާ ރަށަކަށް ހެދުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން ސަރުކާރުން ހަދިޔާކޮށްފައިވާ ގަސްތައް 25 މާރޗް 2024 ގައި ވައިކަރަދޫއަށް ގެނެވި އެތަކެތި ބެހުމުގެ މަސައްކަތް ވަނީ ފެށިފައެވެ. މި ޕްރޮޖެކްޓްގެ ދަށުން ސަރުކާރުން ހަދިޔާކޮށްފައިވަނީ 240 ގަހެވެ.އެއީ 60 ލުބޯ، 80 ޖަނބުރޯލް، އަދި 60 ކަޅުހުއްތު މޭވާ އާއި 40 ބަބުކެޔޮ ގަހެވެ.
ވައިކަރަދޫއަށް ގެނެވުނު ގަސްތައް ބޭނުންވާ ފަރާތްތައް ހޯދުމަށް ކުރެވުނު އިޢުލާނަށް ކުރިމަތިލާ ނަންނޯޓްކުރި ފަރާތްތަކަށް ބެހުމުގެ މަސައްކަތް 25 މާރޗް 2024 ގައިވަނީ ފެށިފައެވެ. ބަބުކެޔޮ ގަހަކީ ވައިކަރަދޫގެ ވަލުގައިހުރި ބަބުކެޔޮގަސްތައް މަދުވެ ނެތެމުންދާތީ ބަބުކެޔޮ ވަލެއް އާލާކުރުމުގެ ބޭނުމުގައި ގެނެވިފައިވާ 40 ގަހެވެ. މި ހުރިހާ ގަސްތައް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ އިން ވައިކަރަދޫއަށް ގެނައުމަށް ޓަކައި ކުރަންޖެހޭ އެންމެހާ ޚަރަދުކުރައްވާފައިވަނީ ވައިކަރަދޫ ދާއިރާގެ މަޖްލީސް މެންބަރ އަލްފާޟިލް ހުސައިން ޒިޔާދެވެ. މިފުރުސަތުގައި މަޖްލީސް މެންބަރގެ ފަރާތްޕުޅުން ރަށުގެ ކުރިއެރުމަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.


Leave a Reply

Your email address will not be published. Required fields are marked *