ޚަބަރު

ވައިކަރަދޫއިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ސާފުކުރުމުގެ އަމަލީ މަސައްކަތް ފެށުން

ހދ. ވައިކަރަދޫއިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް ސާފުކުރުމުގެ އަމަލީ މަސައްކަތް 14 އޭޕްރީލް 2024ގައި ފެށިގެން ކުރިއަށް އެބަދެއެވެ. ވައިކަރަދޫގައި ފެނާއި ނަރުދަމާ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާ ވިސްވަރާޖް ކުންފުނީގެ އެހީތެރިކަމާއިއެކު ކުރަމުންދާ މި މަސައްކަތުގައި ފުރަތަމަ ސާފުކުރަން ފަށާފައިވަނީ ރަށުގެ ހުޅަނގު ކޮޅުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތެވެ.
ވައިކަރަދޫއިން ގޯތި ދޫކުރުމަށް އިޢުލާން ކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ގޯއްޗައް އެދި ފޯމް ހުށަހަޅާފައިވެއެވެ. މި ބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 107 ގޯއްޗެވެ.

Leave a Reply

Your email address will not be published. Required fields are marked *