އިއުލާން

ވައިކަރަދޫ ކައުންސިލުގެ ޤުރުއާން މުބާރާތް 2016

Iulaan Scanned Iulaan Scanned (2)

ވައިކަރަދޫގައި ކީރިތި ޤުރުއާން ތަޖުވީދުގެ ހަމަތަކުން އުނގެނުމާއި، އުނގައްނައިދިނުމުގައާއި، ތަރުތީލްކޮށް ކިޔެވުމުގެ ޤާބިލްކަން ދެއްކުމުގައި ވާދަވެރި މާޙައުލެއް އުފެއްދުމަށާއި، ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމުގެ އިތުރުން، 2016 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ހދ. އަތޮޅު ޤުރުއާން މުބާރާތުގައި މިރަށުން ބައިވެރިކުރުމަށް ހަމަޖެހިފައިވާ ޓީމަށް ކުދިން ތައްޔާރުކުރުމުގެ މަގުޞަދުގައި، [ހދ. ވައިކަރަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް ] ގެ ނަމުގައި ބާއްވަމުން އަންނަ ޤުރުއާން މުބާރާތް، 2016 ޖެނުއަރީގެ 22 އިން 23 އަށް މިރަށުގައި ބޭއްވުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.

މި މުބާރާތުގައި ބައިވެރިކުރެވޭނެ ޢުމުރުފުރާތަކާއި، މުޤައްރަރު ތިރީގައި ދަންނަވާފައި އެވަނީއެވެ. އަދި މުބާރާތުގެ ޤަވާޢިދާއެކު، ބައިވެރިވުމުގެ ފުރުޞަތު ފަހުގެ ތާރީޚެއްގައި ހުޅުވާލައި، ޢާއްމުކޮށް އިޢުލާނު ކުރެވޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *