މަގުބޫލްޚަބަރު

ވައިކަރަދޫ ކައުންސިލްގެ ނައިބު ރައީސަކަށް ކައުންސިލްގެ މެންބަރު މުޙައްމަދު ނުހާމް އިންތިޚާބު ކޮށްފި

މިއަދު ބޭއްވުނު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ތިންވަނަ ޢާއްމު ޖަލްސާއިން ކައުންސިލްގެ ނައިބު ރައީސްކަމުގެ މަޤާމަށް ކައުންސިލްގެ މެންބަރު ހދ. ވައިކަރަދޫ، ތޮނަ، މުޙައްމަދު ނުޙާމް އިންތިޚާބު ކޮށްފިއެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާކޮއްފައިވަނީ ކައުންސިލްގެ ނައިބު އިންތިޚާބުކުރުމަށެވެ. ކައުންސިލްގެ ނައިބު ކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި 2 މެންބަރަކު ކުރިމަތިލެއްވިއެވެ. 4 ވޯޓްގެ އަޣުލަބިއްޔަތުން ނާއިބު ރައީސްގެ މަގާމު ކާމިޔާބުކުރެއްވީ މުޙައްމަދު ނުހާމެވެ. މިޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކައުންސިލްގެ ރައީސް ޢަބްދުﷲ ޒާމިރެވެ.

Leave a Reply

Your email address will not be published. Required fields are marked *