މަގުބޫލް

ދަނޑުވެރިކަމަށް ބިންދޫކުރުމުގެ އުޞޫލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ކުރުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ބިންދޫކުރުމުގެ އުޞޫލަށް، ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މޫސުމީ ދަނޑުބިމުގެ ގޮތުގައި މިހާތަނަށް ވައިކަރަދޫ ކައުންސިލުން ދޫކުރެވިފައިވާ ދަނޑުތައް ކަނޑައެޅޭ އުޞޫލަކަށް ފެއްތުމުގެ ގޮތުން، ވައިކަރަދޫ ކައުންސިލުން 2013 ވަނަ އަހަރު ފާސްކޮށްފައިވާ އުޞޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ބައެއް އިޞްލާޙު ގެނެސް ދަނޑުވެރިންނާއި ޢާއްމުރައްޔިތުންގެ ޚިޔާލު އޭގައި ހިމެނުމަށްޓަކައި އެ ފުރުޞަތު، 2014 އޯގަސްޓް 11 ވާ ހޯމަ ދުވަހުގެ 15:00 ގެ ނިޔަލަށް ހުޅުވާލާފައި ވެއެވެ.
ޚިޔާލު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ދަންނަވާފައިވާ މުއްދަތުގެ ކުރިން، އެ ޚިޔާލެއް ކުރުކޮށް ލިޔުއްވާ މި އިދާރާއަށް ހުށަހެޅުއްވުމަށް ކައުންސިލުން އެދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *