ޚަބަރު

ކުރިޔަށް އޮތް ފަސް އަހަރު ދުވަހަށް ވައިކަރަދޫގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ އަމަލީ މަސައްކަތް ފެށުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، 2022 ވަނަ އަހަރުން ފެށިގެން ކުރިއަށް އޮތް ފަސްއަހަރުދުވަހަށް ވައިކަރަދޫގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ އަމަލީ މަސައްކަތް ވަނީފެށީފައެވެ. ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް އަމަލީގޮތުން ހަރަކާތްތެރިވާނެ ވޯކިންގ ގްރޫޕްތަކެއް އެކަށައަޅާއި ރަށުގެ މުއައްސަސާތަކުގެ މުއައްޒަފުން ހިމަނާއިގެން ވަނީ އެކުލަވާލެވިފައެވެ. މީގެ އިތުރުން ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ކައުންސިލަށް ލަފާދިނުމަށް ލަފާދޭ ކޮމެޓީއަށް ރަށުގެ މުއައްސަސާތަކާއި ކުލަބް ޖަމްއިއްޔާ ޖަމާއަތްތަކާއި އާންމު ފަރުދުން ހިމެނޭގޮތަށް ވަނީ އެކުލަވާލެވިފައެވެ.

ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މި މަރުހަލާގައި 2022 ވަނަ އަހަރުން ފެށީގެން ކުރިޔަށް އޮތް ފަސްއަހަރު ދުވަހަށް ވައިކަރަދޫގެ ލޭންޑް ޔޫސް ޕްލޭނާއި ފައިނޭންޝަލް ޕްލޭންވެސް އެކުލަވާލެވޭނެއެވެ.