ޚަބަރު

ހދ. އަތޮޅު ކައުންސިލްގެ ރައީސް ވައިކަރަދޫކައުންސިލްގެ އިދާރާއަށް ޒިޔާރަތް ކުރެއްވުން

ހދ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސިރާޖް މިއަދު ވައިކަރަދޫ ކައުންސިލްގެ އިދާރާއަށް ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތް ކުރެއްވުމުގައި ވައިކަރަދޫ ކައުންސިލްގެ އިދާރާގެ ކަންކަން ބައްލަވާލައްވާ، ކައުންސިލް މެންބަރުންނާއި އިދާރީ މުވައްޒަފުންނާއިވަނީ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލަށް ދިމާވާ ދަތިތަކާއި އެހީތެރިކަން ބޭނުންވާ ކަންތައްތައް ކައުންސިލް މެންބަރުންނާއި އިދާރީ މުވައްޒަފުންގެ ފަރާތުން އޮޅުން ފިލުއްވާ އަތޮޅު ކައުންސިލުން އެހީތެރިކަން ފޯރުކޮއްދެވޭކަންކަން ހިއްޞާކުރައްވާފައިވެއެވެ.
އަތޮޅު ކައުންސިލްގެ ރައީސްގެ މިޒިޔާރަތުގެ ސަބަބުން އަތޮޅު ކައުންސިލާއި ވައިކަރަދޫ ކައުންސިލާދެމެދު ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެއެވެ.