ޚަބަރު

ވައިކަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއަކަށް ނާޝިދާ، ނާއިބު ރައީސާއަކަށް ބަޞީރާ އިންތިޚާބު ކޮށްފި

ވައިކަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް ޢާއިޝަތު ނާޝިދާ އަދި ނާއިބު ރައީސާ ކަމަށް ބަޞީރާ މުޙައްމަދު އިންތިޚާބުކޮށްފިއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއާއި ނާއިބު ރައީސާގެ މަގާމަށް މެންބަރުން މި އިންތިޚާބުކުރެވުނީ ކޮމިޓީގައި ފުރަތަމަ ޖަލްސާއަށް ހުރިހާ މެންބަރުނަށް ހާޒިރުވެވެން ނެތުމުން މެންބަރުން ހަމަވެގެން މިއަދު ބޭއްވި މި ދައުރުގެ 2 ވަނަ ޖަލްސާގައެވެ.

ކައުންސިލުގެ ރައީސް ޢަބްދުﷲ ޒާމިރު ރިޔާސަތުގައި އިންނަވައިގެން ފެއްޓެވި  މިއަދުގެ ޖަލްސާގައި ފުރަތަމަ އިންތިޚާބު ކުރެވުނީ ކޮމިޓީގެ ރައީސާއެވެ. ރައީސާގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ޢާއިޝަތު ނާޝިދާ ނޫން އެހެން ފަރާތެއް ކުރިމަތިލާފައި ނުވެއެވެ. ނާޝިދާ މިދައުރުގެ ރައީސާކަމުގެ މަޤާމަށް އިންތިޚާބުވެފައިވަނީ ކޮމިޓީގެ 5 މެންބަރުންގެ ތާޢީދާއެކުއެވެ.

ރައީސާކަމަށް ނާޝިދާ އިންތިޚާބުވުމާއެކު ޖަލްސާގެ ރިޔާސަތާ ޙަވާލުވެ ނާއިބު ރައީސާކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި 2 މެންބަރަކު ކުރިމަތިލެއްވިއެވެ. އެއީ މެންބަރު ޢާޠިފާ ދާއޫދާއި ބަޞީރާ މުޙައްމަދެވެ. 4 ވޯޓުގެ އަޣުލަބިއްޔަތުން ނާއިބު ރައީސާގެ ގޮނޑި ކާމިޔާބު ކުރެއްވީ ބަޞީރާ މުޙައްމަދެވެ.

Leave a Reply

Your email address will not be published. Required fields are marked *