ޚަބަރު

ވައިކަރަދޫ ކައުންސިލް ޤުރުއާން މުބާރާތް 2016 ނިމިއްޖެ

picgr11

ވައިކަރަދޫ ކައުންސިލްގެ އިދާރާއިން ބޭއްވި ޤުރުއާން މުބާރާތް 2016 ނިމިއްޖެއެވެ. ހޮނިހިރުދުވަހު މެންދުރު މުބާރާތުގެ ހުރިހާ ބައިވެރިންގެ ކިޔެވުންވަނީ ނިމިފައެވެ. މުބާރާތް ނިމުމުން މުބާރާތުގައި ކިޔެވި ދަރިވަރުންގެ ތެރެއިން މިއަހަރު މާރޗުމަހު ހދ. ނެއްލައިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ހދ. އަތޮޅު ޤުރުއާން މުބާރާތުގައި ވައިކަރަދޫ ތަމްސީލްކުރާ 15 ބައިވެރިން ވަނީ ހޮވާފައެވެ. މި 15 ބައިވެރިންގެ ނަންތައް އިޢުލާން ކުރައްވާފައިވަނީ ވައިކަރަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 2016 ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައެވެ. މިރަސްމިއްޔާތުގައި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވި ފަރާތްތަކަށް އެކަމުގެ ހަނދާނީ ލިޔުން ވައިކަރަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް މުޙައްމަދު ވަނީ ހަވާލުކޮށްދެއްވާފައެވެ.

ބަލައިގެން ކިޔާ ގޮފި

# ނަން ދާއިމީ އެޑްރެސް ސްކޫލް
1 ޢުލާ ޢަބްދުﷲ ޖަލީލު ގުލްބަކާގެ، ހދ. ވައިކަރަދޫ ހދ. އަތޮޅު މަދަރުސާ
2 އަޙްމަދު އަރްޝަމް ގުރަހާތަރި، ހދ. ވައިކަރަދޫ ހދ. އަތޮޅު މަދަރުސާ
3 ފާޠިމަތު ޝިޢުރާ ކަނބުރު، ހދ. ވައިކަރަދޫ ހދ. އަތޮޅު މަދަރުސާ
4 ހިދާޔާ އަޙްމަދު ކުރިބޯށި، ހދ. ވައިކަރަދޫ ހދ. އަތޮޅު މަދަރުސާ
5 މަރްޔަމް ސިދުރާ ޝަފީޤު ކަނބުރު، ހދ. ވައިކަރަދޫ ހދ. އަތޮޅު މަދަރުސާ
6 ސާރާ މުޙައްމަދު ސާދާތު ފަނާރު، ހދ. ވައިކަރަދޫ ހދ. އަތޮޅު މަދަރުސާ
7 ޢާއިޝަތު އާލިފާ ނޫވިލާ، ހދ. ވައިކަރަދޫ ހދ. އަތޮޅު މަދަރުސާ
8 ޝައިޚާ އިބުރާހީމް މުޙައްމަދު ހަދުވަރީގެ، ހދ. ވައިކަރަދޫ ހދ. އަތޮޅު މަދަރުސާ

ނުބަލާ ކިޔާ ގޮފި

1 ފާޠިމަތު ނިހާލް މުޙައްމަދު ކަސްމީރުވާދީ، ހދ. ވައިކަރަދޫ ހދ. އަތޮޅު މަދަރުސާ
2 ފައިޙާ ޢަބްދުﷲ ޢަޤީލް ފަލްކަމް، ހދ. ވައިކަރަދޫ ހދ. އަތޮޅު މަދަރުސާ
3 އަޙްމަދު ޢިޔާދު ފަންތި، ހދ. ވައިކަރަދޫ ހދ. އަތޮޅު މަދަރުސާ
4 ރާއިމާ އަޙުމަދު ޢަޤީލް ފަލްކަމް، ހދ. ވައިކަރަދޫ ހދ. އަތޮޅު މަދަރުސާ
5 އާޔަތުﷲ ބުނު ޢަބްދުލްކަރީމް ފަންތި، ހދ. ވައިކަރަދޫ ހދ. އަތޮޅު މަދަރުސާ
6 ޔޫޝަޢު ބިން މުޙައްމަދު ޙިލްމީ ސައިމާގެ، ހދ. ވައިކަރަދޫ ހދ. އަތޮޅު މަދަރުސާ
7 ފާޠިމަތު އިމްނާ ނިޡާމް ގުލްދަމްގެ، ހދ. ވައިކަރަދޫ ހދ. އަތޮޅު މަދަރުސާ

       ހދ. އަތޮޅު ކައުންސިލް މުބާރާތަށް ހޮވުނު ދަރިވަރުން

ވައިކަރަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 2016 ބޭއްވިފައިވަނީ ވަރަށްގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލެއްވުމާއި އެކުގައެވެ. ވީމާ، މުބާރާތް ކުރިޔަށް ގެންދިއުމަށް އެހީތެރިވެދެއްވި އެންމެހާފަރާތްތަކަށް ވަރަށް އިޙްލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަމެވެ.

 

Leave a Reply

Your email address will not be published. Required fields are marked *