މަގުބޫލްޚަބަރު

ވައިކަރަދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ މެންބަރުން ހުވާކުރައްވައިފި

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނުނުގެ ދަށުން، ކުރިއަށްއޮތް 5 އަހަރު ދުވަހަށް އަލަށް އިންތިޚާބުކުރެވުނު ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލުގެ ރައީސާއި މެންބަރުން ކައުންސިލް މެންބަރުކަމުގެ ޤާނޫނީ ހުވާ ކުރައްވައިފިއެވެ.

އިންތިޚާބީ ކައުންސިލަރުން ހުވާކުރެއްވުމަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީގެ މެންބަރުން އިގްރާރުވުމަށް2021  މެއި މަހުގެ 17 ވަނަ ދުވަހު 11:00 ސުލައިމާނިއްޔާ ހޯލުގައި ބޭއްވުނު ޚާއްޞަ ދަރުބާރުގައި އޮންލައިންކޮށް މެންބަރުންނަށް ހުވައި ލައިދެއްވީ ހދ. މަކުނުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު އިޙްސާނެވެ.

އިދާރީ ދާއިރާތައް ކާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު އިޞްލާހުގައިވާ ގޮތުގެ މަތީން ވައިކަރަދޫ ކައުންސިލް މިހާރު އެކުލެވިގެންވަނީ ކައުންސިލުގެ ރައީސާއި އަންހެނުންނަށް ޚާއްޞަކުރެވިފައިވާ ކައުންސިލް މެންބަރުކަމުގެ 2 މަޤާމާއި ކައުންސިލް މެންބަރުކަމުގެ 2 މަޤާމާއެކު ޖުމްލަ 5 މެންބަރުންގެ މައްޗަށެވެ.

ކައުންސިލްގެ ރައީސް ޢަބްދުﷲ ޒާމިރު

ވައިކަރަދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ މެންބަރުންނަކީ:

ކައުންސިލުގެ ރައީސް: ޢަބްދުﷲ ޒާމިރު، ދަފްތަރު ނަންބަރު 3083، މާލެ

ކައުންސިލުގެ މެންބަރު: އާމިނަތު ޒީނިޔާ، ރޯޒް، ހދ. ވައިކަރަދޫ

ކައުންސިލް މެންބަރު: ޢާއިޝަތު ޙަނީފާ، ފިނިހިޔާގެ، ހދ. ވައިކަރަދޫ

ކައުންސިލް މެންބަރު: މުޙައްމަދު ނުހާމް، ތޮނަ، ހދ. ވައިކަރަދޫ

ކައުންސިލް މެންބަރު: ޢަބްދުﷲ ޝަރީފް، ރުޙާބު، ހދ. ވައިކަރަދޫ

މިދަރުބާރުގައި ވައިކަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 3 ވަނަ ދައުރުގެ މެންބަރުންވެސް ވަނީ މެންބަރުކަމުގެ އިގްރާރުގައި ސޮއިކުރައްވާފައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެއް ނެތި އެތައް އެތައް ދުވަހެއް ވޭތިވުމަށް ފަހު އަލަށް މިއިންތިޚާބުކުރެވުނު ކޮމިޓީގައި ތިއްބަވާ މެންބަރުންނަކީ:

އާޠިފާ ދާއޫދު، އައިރިސް، ހދ. ވައިކަރަދޫ

ޢާއިޝަތު ނާޝިދާ، ސައިމާގެ، ހދ. ވައިކަރަދޫ

ޢާއިޝަތު ޝަހުލާ، ނީލްވިލާ، ހދ. ވައިކަރަދޫ

މަރްޔަމް ރިސްދާ، ބިލެތްމާގެ، ހދ. ވައިކަރަދޫ

ބަޞީރާ މުޙައްމަދު، ހިކަދިމާގެ، ހދ. ވައިކަރަދޫ

ކޮވިޑް 19 ފެތުރުން ޢާންމު ވެފައިވާ ދުވަސްވަރަކަށްވާތީ ހުވާކުރުމުގެ ދަރުބާރުގައި ޢާންމު ރައްޔިތުން ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވައިލެވިފައިނުވާތީ ދަރުބާރު ވަނީ ކައުންސިލުގެ ފޭސްބުކް ޕޭޖުން ލައިވް ކުރެވިފައެވެ. އަދި ދަރުބާރަށް ވަޑައިނުގެންނެވޭ ޙާލަތުގައި ތިއްބެވި މެންބަރުން އޮންލައިން ކޮށް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *