ޚަބަރު

ވައިކަރަދޫ ކައުންސިލުގެ ފެބްރުއަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުން ބާއްވައިފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ވައިކަރަދޫ ކައުންސިލުގެ ފެބްރުއަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުން ބާއްވައިފިއެވެ. ފެބްރުއަރީ 28 ވަނަ ދުވަހުގެ ރޭ ސުލައިމާނިއްޔާ ހޯލުގައި ބޭއްވި މި ބައްދަލުވުމުގައި 2020 ވަނަ އަހަރު ވައިކަރަދޫ ކައުންސިލުން ހިންގި މުހިއްމު ޙަރަކާތްތަކުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރެވުނެވެ. މި މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރެއްވީ ވައިކަރަދޫ ކައުންސިލުގެ ރައީސް އަޙްމަދު ނަސީމެވެ. އަދި   2021 ވަނަ އަހަރަށް ރޭވިފައިވާ މުހިއްމު ޙަރަކާތްތަކަށް ވެސް ރައީސް ނަސީމުގެ ވާހަކައިގައި އަލިއަޅުއްވައިލެއްވިއެެވެ. އަދި މީގެ އިތުރުން ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ވައިކަރަދޫގައި ހިންގަމުންދާ، އަދި ހިންގުމަށް ރޭވިފައިވާ މުހިއްމު ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތުވެސް ރައްޔިތުންނާ ހިއްސާކުރެއްވިއެވެ.

ކައުންސިލުގެ 2020 ވަނަ އަހަރުގެ މާލީ ޚުލާސާއާއި 2021 ވަނަ އަހަރަށް ފާސްކުރެވުނު ބަޖެޓުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކޮށްދެއްވީ މާލީ ޒިންމާދާރުވެރިޔާ، ޑިރެކްޓަރ މުޙައްމަދު ރަބީޢުއެވެ. ޑިރެކްޓަރުގެ ވާހަކައިގައި 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު މާލީ ގޮތުން ކައުންސިލަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް އަލިއަޅުއްވާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ކައުންސިލުގެ 3 ވަނަ ދައުރުގެ 3 މެންބަރުންވެސް ބައިވެރިވި މި ބައްދަލުވުން ނިންމާލުމުގެ ކުރީގައި ރައްޔިތުން ކުރި ސުވާލުތަކަށް ކައުންސިލުގެ ރައީސް ޖަވާބު ދެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *