ޚަބަރު

ފެރީ ގިމަތަ އަޅާނެ ތަނަކާބެހޭ މަޝްވަރާއަށް ކައުންސިލުން ރައްޔިތުންނާ ބައްދަލުކޮށްފި

ސަރުކާރުން ފެށުމަށް ހަމަޖެހިފައިވާ ހަލުވި ފެރީ ނިޒާމާ ގުޅިގެން ޤާއިމު ކުރަންޖެހޭ ފެރީ ގިމަތަ އަޅާނެ ތަނަކާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވައިކަރަދޫ ކައުންސިލުން ރައްޔިތުންނާ ބައްދަލުކޮށްފިއެވެ. 2021 ޖެނުއަރީ 27 ވަނަ ދުވަހު މެންދުރު ފަހު ވައިކަރަދޫ ބަނދަރު ނިކަ ގަސްދަށުގައި ބޭއްވުނު މިބައްދަލުވުމުގައި ވައިކަރަދޫގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. ފެރީ ގިމަތަ އަޅާނެ ތަނަކާ ބެހޭގޮތުން  ރައްޔިތުންގެ ޚިޔާލަށް ހުޅުވާލި ފުރުޞަތު ގައި ގިނަ ރައްޔިތުންތަކެއް ޚިޔާލު ފާޅު ކުރި އެވެ. އަދި ބޭނުމަށް ބަލާއިރު ސަރުކާރުން ހުށަހަޅާފައިވާ ސަރަހައްދު ކަމުގައިވާ ބަނދަރުގެ އިރުމަތީ ކޮޅު އެންމެ ރަނގަޅު ތަނެއް ކަމުގައި ގިނަ ރައްޔިތުން ފާހަގަ ކުރި އިރު އެ ސަރަހައްދުގައި އަޅައިފިނަމަ ދިމާވެދާނެ މޫސުމީ މައްސަލަތަކާއި އެހެނިހެން މައްސަލަތައް ބައެއް ރައްޔިތުން ފާހަގަކުރިއެވެ.

ކައުންސިލްގެ ތިން މެންބަރުން ބައިވެރިވި މި ބައްދަލުވުމުގައި ބަނދަރު ސަރަހައްދުންތެލުގެ ވިޔަފާރި ކުރުމަށް އެންމެ ރަނގަޅު ބިމަކާބެހޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދިއެވެ. އެކަމަށް އެންމެ ރަނގަޅު ބިމެއްގެ ގޮތުގައި ގިނަ ރައްޔިތުންނަށް ފެނިފައި ވަނީ ބަނދަރު ހުޅަނގުކޮޅެވެ.

Leave a Reply

Your email address will not be published. Required fields are marked *