ޚަބަރު

ވައިކަރަދޫ ކައުންސިލުގެ ރައީސް އަޙްމަދު ނަސީމު މަޤާމުން އިސްތިއުފާ ދެއްވައިފި

ވައިކަރަދޫ ކައުންސިލުގެ 3 ވަނަ ދައުރުގެ ރައީސް އަޙްމަދު ނަސީމް ކައުންސިލުގެ ރައީސްގެ މަޤާމުންނާއި ކައުންސިލުގެ މެންބަރުކަމުގެ މަޤާމުން  އިސްތިއުފާދެއްވައިފިއެވެ. ކައުންސިލުގެ ނައިބު ރައީސް ޢަބްދުﷲ ވާފިރަށް އެޑްރެސް ކުރައްވާ  ރައީސް ނަސީމް ފޮނުއްވި އިސްތިއުފާގެ ސިޓީ ކައުންސިލުގެ އިދާރާއަށް ލިބިފައިވަނީ މިއަދުގެ ރަސްމީ ގަޑި ނިމުމާ ގާތްވެފައިވަނިކޮށެވެ. އިސްތިޢުފާގެ ސިޓީ ހުށަހެޅުއްވުމަށްފަހު ކައުންސިލުގެ އިދާރާގެ މުވައްޒަފުންނާ ރައީސް ނަސީމް މިއަދު ބައްދަލުކުރައްވައި، ކައުންސިލް މެންބަރުކަމާއި ރައީސްކަމުގެ މަޤާމުގައި ހޭދަކުރެވުނު ދުވަސްތަކުގައި ކައުންސިލް މެންބަރުންނާއި ކައުންސިލުގެ އިދާރާގެ އިދާރީ މުވައްޒަފުން ވެދެއްވި އެހީތެރިކަމާއި ބެހެއްޓެވި ގާތްކަމަށް ޝުކުރުއަދާކުރައްވާފައިވެއެވެ.

ރައީސް ނަސީމް މަޤާމުން އިސްތިއުފާ ދެއްވުމަށް ނިންމެވީ ކައުންސިލުގެ ޤާނޫނީ ދައުރުވެސް ނިމިފައިވާތީއާއި، އުނގަންނައިދިނުމުގެ ދާއިރާ އިން ރަށަށް ޚިދްމަތްކުރެއްވުމުގެ ގޮތުން ހދ. އަތޮޅު މަދަރުސާާއާ ގުޅިވަޑައިގެން އިސްލާމް ޓީޗަރުކަމުގެ ވަޒީފާއަށް ނިކުންނެވުމަށެވެ.

ވައިކަރަދޫ ކައުންސިލުގެ ރައީސް އަޙްމަދު ނަސީމަކީ ވައިކަރަދޫ ކައުންސިލުގެ 2 ވަނަ ދައުރުގައިވެސް ކައުންސިލް މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

Leave a Reply

Your email address will not be published. Required fields are marked *