ޚަބަރު

އިލެކްޓްރީޝަނުން ތަމްރީން ކުރުމަށް ހިންގި ކޯހުގެ ފަހު އިމްތިޙާން ބާއްވައިފި

ޔޫޓިޒް ކެރިއަރ ޓެކް އިންސްޓިޓިއުޓުން ވައިކަރަދޫ ކައުންސިލާ ގުޅިގެން 2020 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ފެށި ނެޝަނަލް ސެޓްފިކެޓް 3 އިން އިލެކްޓްރީޝަން ކޯހުގެ ފަހު އިމްތިޙާން ބާއްވައިފިއެވެ. 58 ދަރިވަރުން ބައިވެރިވި މި ތަމްރީން ޕްރޮގްރާމުގެ ފަހު އިމްތިހާން ދީފައިވަނީ ޓިވެޓް އޮތޯރިޓީން ވަޑައިގެންނެވި 2 .ބޭފުޅުންނެވެ

ވައިކަރަދޫ ކައުންސިލާއި ޔޫޓިޒް ކެރިއަރ ޓެކް އިންސްޓިޓިއުޓާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކޯސް ހިންގާނެ ތަނެއްގެ ގޮތުގައި ސުލައިމާނިއްޔާ ހޯލު  ހިލޭ  ފޯރުކޮށްދެއްވާފައިވަނީ ވައިކަރަދޫ ކައުންސިލުގެ  އިދާރާއިންނެވެ. މިކޯހުގައި ކައުންސިލް އިދާރާގެ 3 މުވައްޒަފަކަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ޔޫސީޓީއައި ގެ ފަރާތުން ފަހިކޮށްދެއްވާފައިވެއެވެ. މިކޯހުގައި ކިޔަވައިދެއްވީ އިންސްޓްރަކްޓަރ ޢަލީ ޝާޠިރެވެ.

Leave a Reply

Your email address will not be published. Required fields are marked *