މަގުބޫލްޚަބަރު

އިންތިގާލީ ކޮމިޓީގެ ރިޕޯޓް އާ ކައުންސިލަރުންނާ ހިއްސާކޮށްފި

 

 

ކައުންސިލަރުންގެ ދައުރު ބަދަލުވުމުގެ މަރުހަލާގެ މަސައްކަތް ވިލަރެސްކުރުމަށް އެކުލަވާލި އިންތިގާލީ ކޮމިޓީގެ ރިޕޯޓް ވައިކަރަދޫ ކައުންސިލުގެ 4 ވަނަ ދައުރަށް އިންތިޚާބުވި މެންބަރުންނާ ހިއްސާކޮށްފިއެވެ.

2021 މެއި 13 ވީ ބުރާސްފަތި ދުވަހުގެ ރޭ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި ރިޕޯޓް ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި އަލަށް އިންތިޚާބުވި ހުރިހާ މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ. 4 ވަނަ ދައުރުގެ އިންތިޚާބީ ރައީސް ރަށުގައި ވަޑައިގެން ނޫޅުއްވާތީ އޮންލައިންކޮށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

އިންތިގާލީ ކޮމިޓީގެ ރިޕޯޓު އިންތިޚާބީ ކައުންސިލަރުންނާ ހިއްސާކުރައްވާފައިވަނީ ކައުންސިލްގެ ރައީސް ޢަބްދުﷲ ވާފިރާއި ވަގުތީ ސެކްރެޓަރީ ޖެނެރަލް، ޑިރެކްޓަރ މުޙައްމަދު ރަބީޢެވެ. މިރިޕޯޓުގައި ކައުންސިލުގެ އިދާރާގެ އިދާރީ އިންތިޒާމުތަކާއި އިދާރާއިން ދޭ ޚިދްމަތްތަކާއި ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތަކާއި ކައުންސިލް މެދުވެރިކޮށް ދައުލަތުގެ އެހެން އިދާރާތަކުން ކުރިޔަށްގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިމަނާފައިވެއެވެ. އަދި ލާމަރުކަޒީ ޤާނޫނުން ކައުންސިލަށް ލާޒިމުކުރާ ކަންކަން ބަލަހައްޓަމުންދާ މިންވަރާއި ޖަވާބުދާރީވާ މިންވަރުގެ މައްޗަށް ވެސް އަލިއަޅުވައިލާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *