މަގުބޫލްޚަބަރު

ކުޑަކުދިންގެ ޕާކުގެ ވަށާފާރުގެ މަސައްކަތް އިދަބެ އިންވެސްޓްމަންޓާ ހަވާލުކޮށްފި

ވައިކަރަދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކުގެ ވަށާފާރުގެ މަސައްކަތް އިދަބެ އިންވެސްޓްމަންޓާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. އިދަބެ އިންވެސްޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އަލްފާޟިލް ޢަލީ ޢާމިރެވެ. ވައިކަރަދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް ޢަބްދުﷲ ވާފިރެވެ. މި މަސައްކަތް ހަވާލު ކުރެވިފައި ވަނީ 45 ދުވަހުން ނިންމާ ގޮތަށެވެ.

ވައިކަރަދޫ ކުޑަކުދިންގެ ޕާކުގެ މަޝްރޫޢުއަކީ ވައިކަރަދޫގެ ތަރައްޤީ ޕްލޭންގައި ހިމެނިފައިވާ މުހިއްމު މަޝްރޫއެކެވެ. އެކި އެކި ސަބަބުތަކާ ހުރެ މަސައްކަތް ދިގުލައިދިއުމާ ގުޅިގެން މި ފަހަރު މަސައްކަތް ފެށިފައި މިވަނީ ކުރިން ފަރުމާ ކުރިގޮތަށް ބައެއް ބަދަލުތައް ގެނައުމަށް ފަހުއެވެ.

ރާއްޖޭގެ 50 ރަށެއްގައި ކުޑަކުދިންގެ ޕާކު ހެދުމުގެ މަސައްކަތަށް އިންޑިއާ ސަރުކާރުން ދެއްވި އެހީގެ ދަށުން ވައިކަރަދޫ ކުޑަކުދިންގެ ޕާކުގެ މަސައްކަތަށް ހަދިޔާ ކުރި ތަކެތި މިހާރު ވަނީ ރަށަށް ގެނެވިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *