ޚަބަރު

ކައުންސިލްގެ ރައީސް ކަމަށް ޢަބްދުﷲ ވާފިރު ، ނާއިބު ރައީސް ކަމަށް އިބްރާހިމް މުޙައްމަދު އިންތިޚާބު ކޮށްފި

ވައިކަރަދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ ރައީސް އަޙްމަދު ނަސީމް ކައުންސިލްގެ ރައީސް ކަމުގެ މަގާމުންނާއި ކައުންސިލުގެ މެންބަރު ކަމުގެ މަގާމުން 31 މާރިޗު 2021 ގައި އިސްތިއުފާ ދިނުމާ ގުޅިގެން ރައީސަކު އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ކައުންސިލްގެ 3 ވަނަ ދައުރުގެ 116 ވަނަ ޢާންމު ޖަލްސާގައި ބައިވެރިވި 2 މެންބަރުންގެ ވޯޓާއެކު ކައުންސިލްގެ ރައީސް ކަމަށް ކައުންސިލްގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި ޢަބްދުﷲ ވާފިރު ވަނީ އިންތިޚާބު ކުރެވިފައެވެ. އަދި ނާއިބު ރައީސްގެ މަގާމު ހުސްވުމާއެކު ނާއިބު ރައީސަކު ހޮވުމަށް ވެސް މިއަދުގެ ޖަލްސާގައި ވޯޓުލުން ކުރިޔަށް ގެންދެވިފައިވެއެވެ. އެ ގޮތުން ވޯޓުގައި ބައިވެރިވި 2 މެންބަރުންގެ ވޯޓް ލިބިގެން ކައުންސިލްގެ ނާއިބު ރައީސަކަށް ކައުންސިލް މެންބަރު އިބްރާހިމް މުޙައްމަދު ވަނީ އިންތިޚާބު ކުރެވިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *