ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ

ހދ.ވައިކަރަދޫ ކައުންސިލްގެ އިދާރާ، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އުފައްދަވާފައިވަނީ، 2011 ފެބްރުއަރީ 21 ވަނަ ދުވަހު އެވެ. މިއިދާރާ އުފައްދަވާފައިވަނީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި، އުފައްދާފައިވާ ރަށުކައުންސިލްގެ ވާޖިބުތައް އަދާކުރުމަށް އެހީތެރިވެދީ، އިދާރީ ކަންކަން ކުރުމަށްޓަކައެވެ.
ވައިކަރަދޫ ކައުންސިލް އުފެދުމުގެ ކުރީން، މިއޮފީސް ހިނގަމުން އައީ، ވައިކަރަދޫ އޮފީހުގެ ނަމުގައެވެ.

ވައިކަރަދޫ ކައުންސިލަރުން:

ކައުންސިލް ރައީސް: އަލްފާޟިލް އިބްރާހީމް މުޙައްމަދު
ކައުންސިލް ނައިބް ރައީސް: އަލްފާޟިލް މުޙައްމަދު ޢިނާޛު

ކައުންސިލް މެމްބަރ:
އަޙްމަދު ނަސީމް
މުޙައްމަދު ޝިފާޒު
އިބްރާހީމް ވަސީމް