ވައިކަރަދޫ ކައުންސިލްގެ ރައީސް

 ވައިކަރަދޫ ކައުންސިލް ރައީސް އަލްފާޟިލް އިބްރާހިމް މުހައްމަދު
ވައިކަރަދޫ ކައުންސިލް ރައީސް އަލްފާޟިލް އިބްރާހިމް މުހައްމަދު

ކައުންސިލްގެ ރައީސަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ކައުންސިލް މެންބަރުންގެ ތެރެއިން އިންތިޚާބު ކުރެވޭ ބޭފުޅެކެވެ. ކައުންސިލްގެ ރައީސަކީ، ވަކިފަރާތަކަށް ޖެހުމެއް ނެތި ޤާނޫނުއަސާސީއާއި ލާމަރުކަޒީ ޤާނޫނާއި ކައުންސިލްގެ ގަވާއިދާއި އަދި ކައުންސިލްގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެމަތިން، ކައުންސިލްގެ ޖަލްސާތަކާއި ކޮމިޓީތަކާއި ކައުންސިލްގެ އިދާރާއާއި ކައުންސިލް އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސްވެރިޔާއެވެ.

ވައިކަރަދޫ ކައުންސިލްގެ މިހާރުގެ ރައީސަކީ ކައުންސިލް މެންބަރު، ހދ. ވައިކަރަދޫ، ހިލިހިލާގެ އަލްފާޟިލް އިބްރާހިމް މުޙައްމަދެވެ. އެމަނިކުފާނު ކައުންސިލްގެ ރައީސްކަމަށް ހޮވިވަޑައިގަތީ 26 ފެބުރުއަރީ 2014 ގައި ބޭއްވުނު 2 ވަނަ ކައުންސިލްގެ ފުރަތަމަ ޖަލްސާގައި ކައުންސިލް ރައީސް އިންތިޚާބު ކުރުމަށް މެންބަރުންގެ މެދުގައި ނެގެނު ވޯޓުގައި 5 ވޯޓުގެ އަޣުލަބިއްޔަތެއް ލިބިވަޑައިގެންނެވެ.
އަލްފާޟިލް އިބްރާހިމް މުޙައްމަދު ނިސްބަތްވެވަޑައިގަންނަވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށެވެ.